07 Mar 2012, 12:34
ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ހައްޔަރުކުރުމަށާއި އަނިޔާވެރިކަން ނައްތާލުމަށް ގޮވާލާ އެމްޑީޕީގެ ސަޕޯޓަރުންތަކެއް ޓްރޭޑާޒް ހޮޓާ ކުރިމައްޗަށް އެއްވެ ޝުއޫރުފާޅުކުރަމުން އެބަދެ އެވެ.
އެމްޑީޕީގެ މުޒާހަރާ މައިދާން، ރާޅުގަނޑު ސަރަހައްދުން މިއަދު ހަނދުނު 10:00 ޖަހާކަށް ހާއިރު ރައީސް އޮފީސް ދޮށައް އެއްވުމަށް ކަމަށް ބުނެ ނައްޓާލި ގުރޫޕަށް ފުލުހުން ހުރަސް އެޅީ އަމީރު އަހުމަދު މަގުން ޓްރޭޑާޒް ހޮޓާ ކުރިމަތިންނެވެ.
އެމްޑީޕީގެ ޕާލަމަންޓް މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރިއަށް ހުންނަވައި އެ ސަރަހައްދުގައި އިށީންދެ ތިބެ ރައީސް ހައްޔަރުކުރުމަށާއި ސަރުކާރު އެކީ އެކަށް އިސްތިއުފާ ދިނުމަށް ދަނީ ގޮވާލަމުންނެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް އެ މުޒާހަރާ އާ ގުޅޭގޮތުން މިއަދު ވިދާޅުވީ ސްކޫލް ތަކާއި ހޮޓާތައް ކުރިމަތީ މުޒާހަރާ ކުރާތީ އެ ފަރާތްތަކަށް އެކި ވަރުގެ އުނދަގޫވާ ކަމަށާއި އެނޫން ގޮތަކަށް މުޒާހަރާ ކުރާ ފަރާތްތަކުން މުޒާހަރާތައް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ފުލުހުން ވަނީ މުޒާހަރާ ކުރާ މީހުން މަޖީދިއްޔާ އާއި ހިސާބަށް ފަހަތައް ޖައްސާފަ އެވެ.