18 Dec 2021, 22:15
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 131 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އާންމު ކުރި ތާފާސްހިސާބު ދައްކާ ގޮތުން މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ:
މާލެ ސަރަހައްދުން 22 މީހުން
- އަތޮޅުތަކުން 87
- ހިންގަމުންދާ ރިސޯޓުތަކުން 22
މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 93،864 އަށް އަރާފައެވެ.
މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 91،573ގައެވެ.
ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދަކީ 2،019 އެވެ.