18 Dec 2021, 19:47
"ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2021" ގެ ފަޚުރުވެރި ތިން އެވޯޑްއެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުން ހާސިލްކޮށްފިއެވެ.
މި އެވޯޑަކީ ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ރާއްޖޭގެ ގޮފި، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ދިވެހި އަންހެނުންނަށް ހާއްސަކޮށްގެން ދޭ އެވޯޑެކެވެ.
އެމްއެންޔޫއިން މި އެވޯޑް ލިބިވަޑައިގަތް ބޭފުޅުންނަކީ:
ޑރ. ޝެހެނާޒް އާދަމް:ޑެޕިއުޓީ ވައިސް ޗާންސެލާ (ރިސަރާޗް އެންޑް އެންޓަރޕްރައިޒް) އޭނާއަށް އެ އެވޯޑް ލިބިވަޑައިގަތީ ލީޑާޝިޕް އެކްސަލެންސް އިން ދަ ޕީލްޑް އޮފް އެޑިއުކޭޝަން، ގޯލްޑް ކެޓަގަރީންނެވެ.

ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް ހާސިލް ކުރެއްވި ޑރ. ޝެހެނާޒް އާދަމް
ޑރ. ޝީޒާ އަލީ:ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާއަށް ލިބިވަޑައިގެންފައިވަނީ ގޯލްޑް ކެޓަގަރީން ލީޑާޝިޕް އެކްސެލެންސް އިންދަ ޕީލްޑް އޮފް މެންޓަލް ހެލްތް އެވޯޑެވެ.

ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް ހާސިލް ކުރެއްވި ޑރ. ޝީޒާ އަލީ
ޑރ. އައިޝާތު ޝަނޫރާ:ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގެ ލެކްޗަރާ ޑރ. ޝަނޫރާއަށް ލިބިވަޑައިގަތީ ގޯލްޑް ކެޓަގަރީން ލީޑާޝިޕް އެކްސެލެންސް އިންދަ ޕީލްޑް އޮފް މެންޓަލް ހެލްތް އެވޯޑެވެ.

ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް ހާސިލް ކުރެއްވި ޑރ. އައިޝާތު ޝަނޫރާ
ވިމް އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ރާއްޖޭގެ ގޮފި އިފްތިތާހުވެފައި ވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުގައެވެ.
ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ގޮތުން މިއީ ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑަ ވިމްއިން ބާއްވާ ހަތަރުވަނަ އަހަރެވެ. ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. އަދި އެ އެވޯޑަކީ ގައުމަށާއި މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ޝުކުރުވެރިކަމުގެ އެވޯޑެކެވެ.
މިއީ މި އެވޯޑު ރާއްޖޭގައި ދޭ ތިންވަނަ ފަހަރެވެ.