ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް އާސިމް މުހައްމަދު ހަމަޖައްސަވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސަކަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އެ ބޯޑުގެ ނައިބު ރައީސްގެ މަގާމުގައެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނި ތަކުގެ ކަންކަން ބެލެހެޓުމުގެ ޒިންމާ މަތިކޮށްފައި އޮންނަ މިނިވަން ވުޒާރާ، ޕީސީބީގެ ރައީސްގެ މަގާމަށް މިހަކު އައްޔަންކޮށްފައި މިވަނީ އެ މަގާމު ހުސްވެފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެ ބޯޑުގެ ރައީސްކަމުގައި ކުރިން ކުރެއްވީ ހަސަން ވަހީދުއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވީ މިނިވަން މާހައުލެއްގައި މަސައްކަތް ކުރެވޭނެ ފުރުސަތު ނެތް ކަމަށް ވިދާޅުވެއެވެ.

ހަސަން ވަހީދު އިސްތިއުފާ ދެއްވުމުގެ ފަސް ދުވަސް ކުރިން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޭނާ ވަނީ ހާޒިރުކޮށްފައެވެ.

ޕިސީބީ ބޯޑަކީ 2013 ވަނަ އަހަރު އުފައްދައިފައިވާ ބޯޑެކެވެ. ބޯޑު އުފައްދައިފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުންނެވެ. މި ބޯޑުގެ ރައިސް އާއި ރައީސް އައްޔަން ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ ރުހުމާ އެކުގައެވެ.

މިހާރު މި ބޯޑުގައި ރައީސް އާއެކު ތިއްބަވަނީ ހަ މެންބަރުންނެވެ. ރައިސް ހަސަން ވަހީދުގެ އިތުރުން މެންބަރުންގެ ގޮތުގައި ތިއްބަވަނީ އައިޝަތު ޝާޒްލީ، ރުޝާހާ އަހުމަދު ޝަރީފް، އަލީ ޝަފީއު، އަލީ ޝުޖާއު އަދި އަހުމަދު ޝަރީފް ޔޫސުފެވެ.