ރާއްޖެއިން އިތުރު 104 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ:

  • މާލެ ސަރަހައްދުން 20

  • އަތޮޅުތަކުން 68
  • ހިންގަމުންދާ ރިސޯޓުތަކުން 16 މީހުން

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 93،733 ކަށް ވަނީ އަރާފައެވެ.

މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 2،056 މީހުންގެ ތެރެއިން 16 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 91،405 އެވެ.

ރާއްޖެއިން މިހާރު ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 259 އަށް އަރައިފައެވެ.