މިއަދު ހަވީރު ހަޔަކާ ހަމައަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 162 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ:

  • މާލެ ސަރަހައްދުން 29

  • އަތޮޅުތަކުން 118
  • ހިންގަމުންދާ ރިސޯޓުތަކުން 15 މީހުން

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 93،532 ކަށް ވަނީ އަރާފައެވެ.

މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 2،009 މީހުންގެ ތެރެއިން 23 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 91،251 އެވެ.

ރާއްޖެއިން މިއަދު ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 259 އަށް އަރައިފައެވެ.