14 Dec 2021, 19:38
ފުލުހުން ހިންގަމުން އަންނަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން، ޑްރަގް ނެޓްވޯކެއްގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ބޮޑެއްގެ ބޭބެ ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ޓެކްސީއެއް ބަލައި ފާސްކޮށް، 100 އެއްހާ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މިިއީ ، އަދި އެ އަރުޝަދު ހާލިދުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ އިސް ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ ގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ދުބާއީގައެވެ.
އަރުޝަދުގެ ބޭބެ މުޖާހިދުގެ މައްޗަށް ވެސް ކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތެވެ. އޭނާއާއެކު ގިނަ ބަޔަކު މިކަމުގައި ބައިވެރިވާ ކަމަށް ފުލުހުން ތުހުމަތުކުރާއިރު ފުލުހުން ވަނީ މުޖާހިދުގެ ބެލުމުގެ ދަށުން މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް ގެންދަން އުޅުނު ކަމަށް ބުނެފައެވެ.
މުޖާހިދުގެ ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ފުލުހުން ބުނީ ފުލުހުން ފާސްކުރި ކާރުން 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ކާރުގެ ތެރެއިން މުޖާހިދުގެ ދަރިފުޅުގެ މެޑިކަލް ޑޮކިއުމެންޓެއް ފެނިފައިވާތީ މަސްތުވާތަކެއްޗާ މީނާއާ ގުޅުމެއް ވާކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
މުއްދަތުގެ މަޖިލީހުގައި ދިފާއުން ވަނީ މުޖާހިދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު 01:49 ގައި ކަމަށްވީ ނަމަވެސް މުއްދަތު މަޖިލީހާ ހަމައަށް ވެސް އޭނާ ބަންދުގައި ނެތް ކަމަށް ކަސްޓޯޑިއަލްއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
މުޖާހިދު ބަންދުކުރިކަން ފުލުހުން އޭނާގެ ވަކީލަށް އަންގައިފައިނުވާތީ، ދިފާއުން ވަނީ ފުލުހުން ދީފައިވަނީ ސައްހަ މައުލޫމާތު ނޫން ކަމަށާއި އޭނާގެ ބަންދަކީ ޣައިރު ގާނޫނީ ބަންދެއް ކަމަށް ދެކޭ ކަމަށް ބުނެފައެވެ.
ކަސްޓޯޑިއަލް ޑިޕާޓްމެންޓުން ދިފާއީ ވަކީލުންނަށް ސައްހަ މައުލޫމާތު ދީފައިނުވާތީ، ކްރިމިނަލް ކޯޓުން ނިންމައިފައިވަނީ އޭނާގެ ބަންދަށް ކުރު މުއްދަތެއް ދިނުމަށެވެ. އެގޮތުން އޭނާ ބަންދުކުރަން ނިންމައިފައިވަނީ އެއް ދުވަހުގެ ނިޔަލަށެވެ.
އާދީއްތަ ދުވަހުގެ ރޭ ޓެކްސީއެއްގެ ޑިކީ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، މިހާތަނަށް 119 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާފަތްތަކުރުފާނުމަގާއި ބުރުޒުމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ. އަދި މަސްތުވާތަކެތި ހޯދީ AB1A T8977 ޓެކްސީން ކަން ވެސް "ސަން"އަށް ވަނީ ކަށަވަރު ވެފައެވެ.
މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި ފުލުހުން އެ ކާރުގެ ޑިކީ ތެރެއިން ނެގީ ބޮޑު ފޮއްޓެކެވެ. އަދި އެ ފޮށި ހުޅުވުމަށްފަހު ސެލޯފިން ބޭނުންކޮށްގެން ބަންދުކޮށްފައި ހުރި އެއްޗެހިތަކެއް ނެގިކަމަށް ވެސް އޭނާ ކިޔައިިދިނެވެ.