ޔުއެފާ ޔޫރޮޕާ ލީގުގައި ސްޕެއިންގެ ގަދަބާރު ބާސެލޯނާ ނަޕޯލީއާ ދެކޮޅަށް ކުޅެން ޖެހިއްޖެއެވެ.

މިއީ ބާސެލޯނާ 21 އަހަރަށްފަހު ޔޫރޮޕާ ލީގުގައި ފުރަތަމަ ފަހަރަށް ކުޅޭ މެޗެވެ. ޔޫރޮޕާ ލީގަކީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި އެންމެ މޮޅު ތިންވަނަ ޓީމުތަކާއި ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވާ ޓީމުތަކުގެ މެދުގައި ކުޅެވޭ މުބާރާތެކެވެ. ބާސާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ބާސާ ބައްދަލުކުރި މެޗުން 0-3 ގެ ނަތީޖާއިން ބަޔާން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ސައްތައިން ސައްތައިގެ ރެކޯޑަކާ އެކު ބަޔާން ވަނީ ގުރޫޕުގެ އެއްވަނަ ހޯދައިފައެވެ. އެ ގުރޫޕުން ދެވަނަ ހޯދީ ޑައިނަމާ ކިއެވް އަތުން މޮޅުވެގެން އަށް ޕޮއިންޓް ހަމަކުރި ބެންފީކާއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބަޔާން ކުޅުމަށް ހަމަޖެހިފައިވަނީ އެފްސީ ސަލްޒްބާގާއެވެ.

ބާސާ ޔޫރޮޕާ ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގައެވެ. އެންމެ ފަހުން މި ދެ ޓީމު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބައްދަލުކުރިއިރު، އެ މެޗު ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުން ބާސާއެވެ. ގަދަ 16ގެ ފުރަތަމަ ލެގުގައި އެ ދެ ޓީމު ކުޅުނުއިރު އެމެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗު ހާއްސަވާ ގޮތަކީ އިޓަލީގެ އެންމެ މޮޅު ފޯވާޑް އަދި އެންމެ ފަހުގެ ޔޫރޯގައި ތަފާތު ކުޅުމެއް ދެއްކި ލޮރެންޒޯ އިންސިނޭ އާއި ނެދަލެންޑުގެ މެމްފިސް ޑިޕޭގެ ކުރިމަތިލުމެއް ފެނިގެންދާނެ މެޗަކަށް ވާތީއެވެ.

ބާސާ ޔޫރޮޕާ ލީގުގައި ބައްދަލުކުރަން ޖެހުމުން އެޓީމުގެ ހެޑް ކޯޗު ޒަވީ ހެނާންޑޭޒް ބުނެފައިވަނީ އެޓީމަކީ

އެންމެ ފަހުން ބާސާ ލަލީގައި ގައި އޮސަސުނާއާ ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ.

ޔޫރޮޕާ ލީގުގައި އެންމެ ގިނަ ފަހަރަށް އެމުބާރާތުގެ ތަށި ކާމިޔާބު ކުރި ސެވިއްލާއާއި ޑިނަމޯ ޒަގްރެބާ ބައްދަލުކުރާ މެޗެއް މިމަހުގެ 17 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގައި ކަމަށްވާއިރު ކަމަށްވާއިރު ދެވަނަ ލެގުގެ މެޗުތަށް ކުޅޭނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގައެވެ.