13 Dec 2021, 18:29
ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ގުރުއަތުލުން މިއަދު ބޭއްވި ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަލުން ގުރުއަތު ނަގާގޮތަށް ޔުއެފާ އިން ނިންމައިފިއެވެ.
މިއަދު ބޭއްވި ގުރުއަތުލުމުގައި މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރަން ޖެހިފައިވެއެވެ. ފުޓުބޯޅައިގެ މައިދާނުގައި އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނަލްޑޯ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ގިނަ ދުވަސްތަކަކަށްފަހު ވާދަކުރަ ޖެހުނުއިރު، އެންމެ ފަހުން މި ދެ ކުޅުންތެރިން ބައްދަލުކުރިއިރު މެސީ ކުޅުނީ ސްޕެއިންގެ ބާސެލޯނާއަށެވެ. އަދި ރޮނަލްޑޯ ކުޅުނީ ޔުވެންޓަސް އަށެވެ.
އެހެންނަމަވެސް، ޔުއެފާ އިން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރުއަތުލުން އަލުން ބޭއްވުމަށް ނިންމި ކަމަށެވެ.
Following a technical problem with the software of an external service provider that instructs the officials as to which teams are eligible to play each other, a material error occurred in the draw for the UEFA Champions League Round of 16.
— UEFA (@UEFA)December 13, 2021
މިއަދުގެ ގުރުއަތުލުމަށްފަހު ގިނަ ޓީމުތަކުން ވަނީ ގުރުއަތުލުން އެންމެ އިންސާފުވެރިކޮށް ގެންގޮސްފައި ނުވާ ކަމަށްބުނެ ޔޫއެފާއަށް ޕްރެޝަރުކޮށްފައެވެ. އަދި ގިނަ ޓީމުތަކުން ވަނީ ގުރުއަތުލުމަށް ފާޑު ކިޔާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޔުއެފާ ހެޑްކުއާޓާގައި މިއަދު ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ޔުނައިޓެޑަށް ދިމާވީ ވިޔަރެއާލާ ކުޅޭ ގޮތަށެވެ. އެހެންނަމަވެސް ފީފާގެ ގަވާއިދު ބުނާގޮތުން އެއް ގުރޫޕެއްގައި އޮތް ދެ ޓީމަކަށް ނޮކައުޓް ބުރުގެ ފުރަތަމަ ބުރުގައި ނުކުޅެވޭނެ އެވެ.
ހަމައެހެންމެ ލިވަޕޫލާއި އެތްލެޓިކޯ ގުރޫޕު ސްޓޭޖުގައި ކުޅުނީ އެއް ގުރޫޕެއްގައި ކަމަށްވާއިރު، މި ދެ ޓީމުގެ ބޯޅަ ވެސް އެއް ގުރުއަތުލުމެއްގައި ހިމެނިފައިވުމަކީ ވެސް ދިމާވި މައްސަލައެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ގުރުއަތުލުން ރަނގަޅަށް ކުރިއަށް ގެންދިޔަނަމަ ޔުނައިޓެޑުން ކުޅެން ޖެހޭނީ އެތްލެޓިކޯއާއެވެ.
މިއަދު ބޭއްވި ގުރުއަތުލުމުގައި އެންމެ ފާހަގަކޮށްލެވޭ މެޗަކަށް ދިމާވީ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރަން ޖެހުމެވެ. މީގެ އިތުރުން ބަޔާން މިއުނިކްއާއި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރަން ޖެހުނުއިރު، ސްޕެއިންގެ ރެއާލް މެޑްރިޑާ ކުރިމަތިލުމަށް ހަމަޖެހިފައިވަނީ ބެންފިކާއެވެ. އަދި މެންޗެސްޓާ ސިޓީއާ ވިޔަރެއާލާއި ކުޅުމަށް ހަމަޖެހިފައިވާއިރު ލިވަޕޫލާއެކު ކުޅުމަށް ހަމަޖެހިފައވަނީ އާރުބީ ސަލްޒްބާގެވެ.
ގަދަ 16ގެ ގުރުއަތުލުން މިއަދުގެ ވަގުތެއްގައި އަލުން ނަގާނެ ކަމަށް ޔޫއެފާއިން ބުނެއެވެ. ގުރުއަތުލުން ބާއްވާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރުއެވެ.