13 Dec 2021, 14:49
ފިހާރައަކުން ޖިންސުތަކެއް ވަގަށް ނަގައިގެން ފިލި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހުންނަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ރޯޝަނީ މަގުގައި ހުންނަ އިކްލިޕްސް ފިހާރައިން ޖިންސުތަކެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިހުން ހޯދަމުންދާ ބަޔެއް ކަމަށެވެ.
ނަމަވެސް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ އެމީހުން ހޯދިފައި ނުވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފިހާރައަކުން ޖިންސުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި ދެމީހަކު ހޯދަނީ
މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.https://t.co/JRzYQrq4p8pic.twitter.com/jxFl0zrI0Y— Maldives Police (@PoliceMv)December 13, 2021
އެހެންކަމުން ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުމަށްފަހު، އެ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.
ހަމައެއާއެކު ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.