އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލޭ އިން ވެސްޓްހަމް ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ބާންލޭގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުން މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑު ނުޖެހި އެއްވަރުވެގެންނެވެ.

މި މެޗުން، ވެސްޓްހަމްއަށް ލިބުނު އެއްޕޮއިންޓާއެކު އެޓީމު އޮތީ ޖުމުލަ 28 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ބާންލޭ އަށް ލިބުނު ޕޮއިންޓާއެކު އެޓީމު އޮތީ 11 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގައެވެ.

މެޗު ފަށައިގެން ދެޓީމުން ވެސް ބޯޅަ ހިފަހައްޓައިގެން ގެންގުޅުމުގެ ބަދަލުގައި ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. މެޗުގެ 29ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނެގުމަށް ފުރުސަތު ލިބުނީ ބާންލޭއަށެވެ. އެޓީމުގެ މިޝެއިލް އަންޓޯނިއޯ ނަގައިދިން ހުރަހެއް އެއްވެސް ކުޅުންތެރިއަކަށް ގޯލާ އަމާޒުވާގޮތަށް ފޮނުވާނުލެވި ބާންލޭގެ ޑިފެންޑަރު ޗާލީ ޓޭލާ ބޯޅަ ބޭރުކޮށްލިއެވެ.

ބާންލޭއާއި ވެސްޓް ހަމް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން--

ފުރަތަމަ ހާފުގައި ބާންލޭއިން ރަނގަޅު ހަމަަލާތަކެއް އުފެއްދި ނަމަވެސް، ދެވަނަ ހާފު ފަށައިގެން އައިއިރު މޮޅަށް ކުޅެމުން އައީ ބާންލޭއިންނެވެ. އުމުރުން 22 އަހަރުގެ ވެއިޓް މެކްނެއިލް ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ވެސްޓްހަމްގެ އުންމީދީ ކީޕަރު ލޫކަސް ފެބިއަންސްކީ ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމުން ރަނގަޅު ޕާސްތަކެއް ޖަހާ ހަމަލާ އުފެއްދި ނަމަވެސް މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލު ޖެހޭ ގޮތެއް ނުވެއެވެ.

ޕްރިމިއާ ލީގުގެ އިތުރު މެޗެއް ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ވެސްޓްހަމް އާއި އާސެނަލް ބައްދަލު ކުރާނެއެވެ. އާސެނަލް އޮތީ ތާވަލުގެ ހަ ވަަނައިގައި 26 ޕޮއިންޓާއެކުގައެވެ. އެ މެޗު އާސެނަލުން ކާމިޔާބުކޮށްފިނަމަ ވެސްޓްހަމް އަށް ވުރެ އެއް ޕޮއިންޓްގެ ފައިދާ އެޓީމަށް ލިބޭނެއެވެ.

މިރޭ ލެއިސްޓާ ސިޓީ އާއި ނިއުކާސަލް ކުޅުނު މެޗު ނިމުނީ 0-4 ގެ ނަތީޖާއަކުން ލިއެޗިސްޓާ މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗުގައި ލިއެޗެސްޓާގެ ޔޯރީ ޓިއެލެމެންސް ވަނީ ދެ ކާމިޔާބުކޮށްދީފައެވެ. ލިއެޗިސްޓާއަށް ލިބުނު މޮޅާއެކު އެޓީމު އޮތީ މިލީގުގެ ތާވަލުގެ އަށް ވަނައިގައި ޖުމުލަ 22 ޕޮއިންޓާއެކުގައެވެ.