ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 125 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަލަށް ނެގި 3،701 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 23 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 93 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން މިއަދު އަލަށް ޕޮޒިޓިވް ވެފައިވަނީ ހަތް މީހުންނެވެ.

ކޮވިޑް ޖެހިގެން 16 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 92،754އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 90،625އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،861ގައެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް 255 މީހުން ވަނީ މަރުވެފަވެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއޯސީ)ގެ އެޕިޑަމޮލޮޖިސްޓް ޑރ. އަފްޒަލް އިބްރާހިމް ވިދާޅުވީ ބަލި ޖެހޭ މީހުންގެ އަދަދު މަދުވި ކަމުގައިވިޔަސް އެޗްޕީއޭގެ ގައިޑްލައިން ތަކަށް އަމަލު ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ މިހާލަތުގައި ވެސް ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން އަފްޒަލް، ވަނީ ބޭރު ތެރޭގައި އުޅޭއިރު. އަނގަޔާ، ނޭފަތް ނިވާވާގޮތަށް ރަނގަޅަށް މާސްކު އަޅައިގެން އުޅުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.