ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އިން މިދިޔަ ޑިސެމްބަރު މަހުގެ 31 އިން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ހިންގި "އެކްޓިވޭޓް އެންޑް ވިން" ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު އިއުލާންކޮށްފި އެވެ.


ވަތަނިއްޔާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަންގެ އިނާމުތައް މިފަހަރު ޖުމްލަ 20 ފަރާތަކަށް ލިބެ އެވެ.

ވަތަނިއްޔާގެ ޕެކޭޖްތައްކަމަށްވާ ޑަބްލިއު ޕްރިޕެއިޑް، ޑަބްލިއު މިކްސް، ޑަބްލިއު ޕޯސްޓްޕެއިޑް، ބްލެކްބެރީ އެލީޓް، ބްލެކްބެރީ އެލީޓް ޕްލަސް އަދި އެމްވީޕީއެން ޕެކޭޖްތައް އެކްޓިވޭޓްކޮށްގެން ގުރުއަތުގައި ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެކުންފުނިން ބުންޏެވެ.

ކަސްޓަމަރުން އިތުރުކުރުމުގެ ގޮތުން ވަތަނިއްޔާ އިން ކޮންމެ އަހަރަކު ވެސް ގިނަ ޕްރޮމޯޝަންތަކެއް ހިންގަ އެވެ.