09 Dec 2021, 15:57
ދަމާސް ޕެއިންޓްސްގެ ނަމުގައި އައު ޝޯރޫމެއް މާލޭގައި ހުޅުވައިފިއެވެ.
އަލަށް ހުޅުވި އެ ޝޯރޫމުން ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ މަލްޓިލެކް ބްރޭންޑުގެ ކުލައާއި ދަވާދު އަދި އޯޝަންމާސްޓާ ބްރޭންޑުގެ އުފެއްދުންތައް ގަންނަން ލިބޭނެއެވެ.

އަލަށް ހުޅުވި ދަމާސް ޕެއިންޓްސް ޝޯރޫމް-- ސަން ފޮޓޯ
ދަމާސްއިން ވިއްކާ މަލްޓިލެކް ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ގޭގެ އެތެރޭ ފާރުގައި ލުމަށް ހާއްސަ ޕްރައިމާ/ ސީލަރު، މެޓް، ސިލްކު އަދި ވޮޝެބްލް ކުލަތަކާއި ބޭރު ފާރުގައި ލުމަށް ހާއްސަ ވޯޓަރޕްރޫފް ޕްރައިމާ/ ސީލަރ އަދި ކުލަތައް ހިމެނެއެވެ.
އޯޝަންމާސްޓާއަކީ ކަނޑު އުޅަނދުފަހަރަށް ހާއްސަ ބްރޭންޑެކެވެ. އުޅަނދުފަހަރުގެ ފެނުން ތިރީގައި ލާން ބޭނުންކުރާ އަންޑަކޯޓާއި އެންޓިފައުލިންގެ އިތުރުން މަރާމާތު ކުރުމަށް ބޭނުންވާ ޕްޓީ، ފިލާ އަދި އެކި ކުލަތަކުގެ ދަވާދު ވެސް ލިބެން ހުންނާނެއެވެ.
ވަކި ހާއްސަ ކުލައެއް ބޭނުންވާ ނަމަ، އެ ކުލައެއް ވަގުތުން ތައްޔާރު ކުރުމުގެ ހިދުމަތް ވެސް ދަމާސް ޕެއިންޓްސް ޝޯރޫމުން ލިބޭނެއެވެ.
ދަމާސް ޕެއިންޓްސްގެ އައު ޝޯރޫމް ހުންނާނީ މެޑިކާ ހޮސްޕިޓަލް ކައިރިން، ދަނބު ގޯޅިއާއި ފާމުދޭރި މަގު ގުޅޭ ކަންމަތީގައެވެ.

އަލަށް ހުޅުވި ދަމާސް ޕެއިންޓްސް ޝޯރޫމް-- ސަން ފޮޓޯ
އެ ޝޯރޫމް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން 12:00 އަދި މެންދުރު 1:30 އިން ހަވީރު 6:00 އާ ހަމައަށެވެ.
ދަމާސް ޕެއިންޓްސް މާޓުން ވިއްކާ އިތުރު އުފެއްދުންތަކާ ބެހޭ މައުލޫމާތު އެ ފިހާރައިގެ ނަންބަރު 3313239 އަށް ގުޅައިގެން ވެސް ލިބޭނެއެވެ.
ދަމާސްގެ އެހެން ފިހާރަތަކެކޭ އެއްފަދައިން ދަމާސް ޕެއިންޓްސްއިން ވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ ތަނަކަށާއި ބޯޓު ފަހަރާ ހަމައަށް އެއްވެސް އަގަކާ ނުލައި ޑެލިވާ ކޮށްދެއެވެ.
ދަމާސްއިން މަލްޓިލެކް އަދި އޯޝަންމާސްޓާގެ ރާއްޖޭގެ ޑިސްޓްރިބިއުޓަގެ ގޮތުގައި އެ ބްރޭންޑުތަކުގެ އުފެއްދުން ވިއްކަމުން އަންނަތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.