09 Dec 2021, 00:09
އިންޑިއާގެ ދިފާއީ ބާރުގެ ވެރިޔާ ޖެނެރަލް ބައިޕިން ރާވަތު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި، ހިނގި ހާދިސާގައި އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް، ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ ދިފާއީ ބާރުގެ ވެރިޔާ ޖެނެރަލް ބައިޕިން ރާވަތު، ކުއްލި ގޮތަކަށް އަވަހާރަވި ހަބަރު އެމަނިކުފާނު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމުގައި ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ 2019 ވަނަ އަހަރު ޖެނެރަލް ބިޕިންއާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމަށާއި، ޖެނަރަލް ބިޕިންއަކީ އެހެން ހުރިހާ ކަމަކަށްވުރެ ޤައުމީ މަސްލަހަތު އިސްކުރެއްވި ބޭފުޅެއްކަމަށެވެ.
— Ibrahim Mohamed Solih (@ibusolih)
ރައީސްގެ ޓްވީޓް ނިންމަވާލައްވަމުން ވަނީ ދިފާއީ ވެރިޔާ ޖެނެރަލް ބައިޕިން ރާވަތު، ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅުވައިގެން އެމަނިކުފާނުގެ އާއިލާ އަށާއި އިންޑިއާގެ ސަރުކާރަށް ތައުޒިޔާ ވިދާޅުވެފައެވެ.