ދިރާގުން "މަމެން"ގެ މުޅީން އާ އެޑް-އޮންތަކެއް ތައާރަފްކޮށްފިއެވެ.

ދިރާގުން މިއަދު އަލަށް ތައާރަފްކުރީ 24 ގަޑިއިރަށް ބޭނުން ކުރެވޭ އެއް ޖީބީގެ އެޑްއޮންއަކާއި ފަސް ދުވަހަށް ބޭނުން ކުރެވޭ ދެ ޖީބީގެ އެޑްއޮންއެއްގެ އިތުރުން ހަފުތާއަކަށް ބޭނުން ކުރެވޭ ހަތަރު ޖީބީ އަދި އެއް މަސް ދުވަހަށް ބޭނުން ކުރެވޭ 20ޖީބީގެ އެޑްއޯންއެކެވެ.

މި ހަތަރު އެޑްއޮންގެ ތެރޭގައި ޗެޓުކުރުމަށް މަގުބޫލު އެޕްތައް ހިލޭ ބޭނުންކުރެވޭ ދެ އެޑްއޮންއެއް ވެސް ވަނީ ހިމަނައިފައެވެ. އެގޮތުން ދެ ޖީބީއާއި 20 ޖީބީގެ އެޑްއޮންއާއެކު ވަޓްސްއެޕާއި ވައިބާ އާއި ޓެލެގްރާމާއި މެސެންޖާ އާއި ވީޗެޓު ހިލޭ ބޭނުން ކުރެވޭނެއެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި މޮބައިލް ޕްލޭނެކެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ޒުވާނުންގެ ޑިޖިޓަލް ތަޖުރިބާ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.