މާލޭގެ ހުޅަނގު ހާބަރުގައިވާ ޓީ ޖެޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދިން 90 ދުވަސް ހަމަވުމުން އެތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް ފާސްކޮށްފިއެވެ.

ޓީ ޖެޓީ ސަރަހައްދު ހިިންގައި ބެލެހެއްޓުން މޯލްޑިވްސް ޕޯޓް ލިމިޓެޑް 2015 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެތަން އޭރު އޮތީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. މިނިސްޓަރަކަށް ހުންނެވީ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިއަދު އޮތް އެ ކައުންސިލްގެ ބައްދަލުވުމުގައި, މާލޭ ސިޓީ ކައުންސިލްގެ ދަށަށް ޓީ ޖެޓީ ގެނައުމަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއެވެ.

ކައުންސިލްގެ ދަށަށް ޓީ ޖެޓީ ގެނައުމުގެ ކުރިން އެތަނުގައި ހުރި އެމްޕީއެލްގެ މުދަލާއި ތަކެތި ހުސްކުރުމަށް ދިން 90 ދުވަސް ހަމަވާނީ އަންނަ އާދިއްތަ ދުވަހަށެވެ.

އެހެންކަމުން ސިޓީ ކައުންސިލާ ޓީ ޖެޓީ ހަވާލުކުރުމަށް ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ކުރުމަށް ފާސްކުރުމަށް ނަރީޝް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް ކައުސިލަރުންގެ އިއްތިފާގުންނެވެ.

އެޗްޑީސީގެ ހުއްދަ ބާތިލުކޮށް، ސިޓީ ކައުންސިލްގެ ދަށަށް ވެސް ސިޓީ ކައުންސިލުން މިއަދު ވަނީ ފާސްކޮށްފައެވެ.