08 Dec 2021, 15:50
މާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔަ މީހަކީ ދ. މީދޫ / ނޫރާނީވިލާ، އަލީ އިސްމާއީލް (54އ) އެވެ.
ފުލުހުން ބުނީ އަލީ އިސްމާއިލް ހޯދަމުންދާކަން އެނގިގެން އޭނާ މިއަދު ވަނީ އައްޑޫ ސިޓީ ޕޮލިސްއަށް އަމިއްލައަށް ހާޒިރުވެފައި ކަމަށެވެ.
މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.