08 Dec 2021, 14:52
މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދާ މީހަކީ ދ. މީދޫ / ނޫރާނީވިލާ، އަލީ އިސްމާއީލް (54އ) އެވެ.
"ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގަ," ފުލުހުން ބުންޏެވެ.
މިކަން ރިޕޯޓް ކުރުމާ ގުޅިގެން އަލީ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އަދި އަލީ ހޯދިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެހެންކަމުން އަލީ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ، އެކަން ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން ނަމްބަރު 9631696 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.