އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ބުނެފައިވަނީ އަންނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް ތިރީގައި ދަންނަވައިފައިވާ ދުވަސްތައް އިތުރު ކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

އަންނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ނިންމަވައިފައިވާ އިތުރު ދުވަސްތައް:

  • 5 މޭ 2022 (ބުރާސްފަތި)

  • 13 ޖުލައި 2022 (ބުދަ)
  • 14 ޖުލައި 2022 (ބުރާސްފަތި)
  • 28 ޖުލައި 2022 (ބުރާސްފަތި)

އެ ދުވަސްތައް ބަންދު ކުރަނީ އީދު ބަންދުތަކާއި މިނިވަން ދުވަހާ ގުޅިގެންނެވެ.

މި ދުވަސްތަކުގެ އިތުރުން އާއްމު ބަންދު ދުވަސްތައް ވެސް ބަންދު ވާނެއެވެ.