06 Mar 2012, 10:27
ނަޕޯލީގެ ނުރައްކާތެރި ފޯވާޑް ލައިނުގެ އަގު 200 މިލިޔަން ޕައުންޑަށް އަރާނެ ކަމަށް އެކުލަބުގެ ވެރިޔާ އޮރޭލިއޯ ޑި ލޮރެންޓިސް ބުނެފި އެވެ.
މިސީޒަނުގައި އެންމެ ނުރައްކާތެރި ފޯވާޑުންތަކެއް ފެނިފައި ވަނީ ނަޕޯލީ އިންނެވެ. ނަޕޯލީގެ ކާމިޔާބީގެ ފަހަތުގައި އެކުލަބުގެ ތިން ފޯވާޑުންކަމަށްވާ އެޑިންސަން ކަވާނީ އާއި، އެޒެކުއީލް ލަވޭޒީ އަދި މަރެކް ހަމްސިކް ހިމެނެ އެވެ.
"ނަޕޯލީގެ ތިން ފޯވާޑުން ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް 200 މިލިޔަން ޕައުންޑް ހަރަދުކުރަން ޖެހޭނެ. ލަވޭޒީ އަކީ 70 މިލިޔަން ޕައުންޑްގެ ކުޅުންތެރިއެއް. ކަވާނީ އަކީ 50 މިލިޔަން ޕައުންޑްގެ ކުޅުންތެރިއެއް. އަދި ހަމްސިކް އަކީ ވެސް 50 މިލިޔަން ޕައުންޑްގެ ކުޅުންތެރިއެއް." ޑި ލޮރެންޓިސް ބުންޏެވެ.
އިޓަލީ ލީގުގައި ވެސް ބޮޑު ކާމިޔާބީތަކެއް ހޯދަމުންދާ ނަޕޯލީ އިން ޗެމްޕިއަންސް ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން ދެ އެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި 3-1 ލަނޑުން މޮޅުވެ ކުއާޓާގެ ފުރުސަތު ބޮޑު ކޮށްފައިވެ އެވެ.