މި މަހު އެއް ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާއާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ފުލުހުންގެ ބަންދުގައި ބޭތިއްބި 60 މީހުންގެ ތެރެއިން ނުވަ މީހަކު މިއަދު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

މިއަދު ދޫކޮށްލި މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްފައި ވަނީ ޝަރުތުތަކަކާ އެކު އެވެ.

ޝަރުތުތަކަކާ އެކު ދޫކޮށްލި މީހުންގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓް މއ. ކުޑަދުންމާރިގޭ މުހައްމަދު ސޮދުރީ (ދުންމާރި ނާޒިމް) ވެސް ހިމެނެ އެވެ.

އޭނާ ދޫކޮށްލީ ރޭގަނޑު އަށަކުން ހެނދުނު އަށަކަށް މަގުމަތީގައި އުޅެގެން ނުވާނެ ކަމަށް ޝަރުތުކޮށްފަ އެވެ. އަދި ފުލުހުންގެ ހުއްދަނެތި މާލެ އިން ފުރައިގެން ނުދިޔުމަށް ވެސް އޭނާ ދޫކޮށްލި އިރު ވަނީ ޝަރުތުކޮށްފަ އެވެ.

ނާޒިމުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ މި މަހު އެއް ވަނަ ދުވަހު ރެއިންބޯކައިރިން ފުލުހުންނަށް ހަމަލާދީފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ ކަމަށެވެ.
މީގެކުރިން ވެސް އެއްވުންތަކުގަ އާއި އަދި އެއްވުންތަކުގައި ނޫނަސް ފުލުހުންނަށް ހަމަލާދޭ ކަމުގެ ތުހުމަތު ފުލުހުން ނާޒިމުގެ މައްޗަށް ކުރެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ނާޒިމަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އޭނާ ޝަރުތުތަކާ އެކު ދޫކޮށްލީ ކުށުގެ ރެކޯޑަށް ބެލުމަށް ފަހު އެވެ.

މާޗް އެއް ވަނަ ދުވަހުގެ މުޒާހަރާއާ ގުޅިގެން ނުވަ މީހަކު ކޯޓުން މިއަދު ދޫކޮށްލި ނަމަވެސް އެ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރި 25 މީހަކު އަދިވެސް ވަނީ ފުލުހުންގެ ހައްޔަރުގަ އެވެ.
ނަމަވެސް ފުލުހުންގެ ބަންދުގައި ބޭތިއްބުމުގެ ހުއްދަ ފުރަތަމަ ދިން 60 މީހުންގެ ތެރެއިން 25 މީހަކު