02 Dec 2021, 23:42
ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.
މި ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހާ އަދި ފަސް ވަނަ ދުވަހު އަބޫދާބީގައެވެ.
މި ކޮންފަރެންސްގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވާނީ ޝަރަފުވެރި މެހެމާނުގެ ގޮތުގައެވެ. އަދި މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް އިފްތިތާހު ކުރާނީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އައިއޯސީ 2021 ގެ ޝިއާރަކީ "އިކޮލޮޖީ، އިކޮނޮމީ، އެޕިޑެމިކް" އެވެ.
ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021، ގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވައިގަތުމަށްވަނީ ހަމަޖެހިފައެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ އަށެއްވާ ބުދަ ދުވަހުއެވެ.