02 Dec 2021, 12:43
ކެންސަރު ޖެހިގެން ފަރުވާ ދެމުން ދިޔަ، ދިވެހި ދެމަފިރިއެއްގެ 11 މަހުގެ ކުއްޖަކު މިއަދު މަރުވެއްޖެއެވެ.
ޒޯއީ އާދަމް ޒާލިފްް އަހުމަދު މިއަދު މަރުވީ ހަމުގެ ކެންސަރަށް ބެންކޮކްގެ ވަޖީރާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ގާނޫނީ ދެ ވަކީލުން ކަމަށްވާ އާދަމް ޒާލިފާއި ހަދީޖާ އަހުމަދުގެ ދެ ވަނަ ދަރިފުޅު މީގެ 11 މަސް ކުރިން ރާއްޖޭގައި އުފަންވުމާއެކު ވެސް ސިއްހީ މައްސަލަތައް ފާހަގަ ކުރެވެންފެށިއެވެ.
އެހެންވެ ވިހެއި ހަފްތާއިން ފެށިގެން އެ ދެމަފިރިން 10 މަސް ވަންދެން ތިބީ ފަރުވާއަށް އިންޑިއާގައެވެ. ބެންކޮކަށް ކުއްޖާ ގެންދިޔައީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.
މަރުވިއިރު، އެންމެ 11 މަހުގެ ކުއްޖާގެ ހަށިގަނޑުގެ ބޮޑު ބަޔަކަށް ވަނީ ކެންސަރުގެ އަސަރު ފޯރައިފައެވެ.