މިއަދު ހަވީރު ހަޔަކާ ހަމައަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި ނެގި 3,696 ސާމްޕަލުން 100 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ:

  • މާލެ ސަރަހައްދުން 26

  • އަތޮޅުތަކުން 70
  • ހިންގަމުންދާ ރިސޯޓުތަކުން ހަތަރު މީހުން

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 91،750 ކަށް ވަނީ އަރާފައެވެ.
މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 1،673 މީހުންގެ ތެރެއިން 14 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.

އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 89،813 އެވެ.

ކޮވިޑް-19 ބަލީގައި އިތުރު މީހެެއް މިއަދުވަނީ މަރުވެފައެވެ.

މިއަދު މި ބަލީގައި މަރުވެފައިވަނީ ފުވައްމުލައް ކޮވިޑު ފެސިލީޓިގައި އެޑްމިޓްކޮށް ފަރުވާ ދެމުން އައި މީހެކެވެ.

އެއާއެކު މި ބަލީގައި ރާއްޖެއިން މިހާތަނަށް 251 މީހުން ވަނީ މަރުވެފައެވެ.