30 Nov 2021, 22:08
މިއަދު ހަވީރު ހަޔަކާ ހަމައަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި ނެގި 3,561 ސާމްޕަލުން 107 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ:
މާލެ ސަރަހައްދުން 24
- އަތޮޅުތަކުން 74
- ހިންގަމުންދާ ރިސޯޓުތަކުން ނުވަ މީހުން
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 91،650 ކަށް ވަނީ އަރާފައެވެ.
މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 1،613 މީހުންގެ ތެރެއިން 11 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.
އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 89،774 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 250 މީހުން ވަނީ މަރުވެފައެވެ.