Last Updated:
4 year 12 month ago

ރައީސް ޔާމީނަށް ހުކުމް އިއްވުން

    ބުލޮގު ޚުލާސާ

    މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.

    ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.

    އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

    ރައީސް ޔާމީނަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމައިލައިފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހެވެ.

    12:24

    ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފަ.

    މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. އޭނާގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ވަނީ ތާއިދު ކުރައްވާފަ. އެއީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު.

    12:14

    ޕީޕީއެމް އޮފީހުގައި ރައީސް ޔާމީންގެ ޝަރީއަތް ޓީވީން ބަލަނީ

    ސަން ފޮޓޯ/ އަހުމަދު އައިމަން
    ސަން ފޮޓޯ/ އަހުމަދު
    11:57

    ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރި މުހިންމު ނުކުތާއެއް އެމަނިކުފާނާ އެއްކޮޅަށް

    އެއީ, އެކައުންޓް ސްޓޭޓްމަންޓްގެ ޗެކް ނަންބަރުގައި ފުށުއެރުންތަކެއް ހުރުމުން އެއީ ކޮން ކަމަކާ ގުޅިގެން ލިބުނު ފައިސާއެއް ކަމާ މެދު އުފުއްދި ސުވާލު

    ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވިދާޅުވެފައިވަނީ, އެ ފައިސާ އަކީ ވޮޑަމުލާގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ބުނި ނަމަވެސް އެކަމުގައި ޝައްކުތަކެއް ހުރި ކަމަށް

    11:21

    ޔާމީންގެ ފަރާތުން ހުށެހެޅި ގިނަ އިސްތިއުނާފީ ނުކުތާތަކެއް ބަލައި ނުގަތުމަށް ދަނީ ނިންމަމުން

    10:36

    ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ޕީޕީއެމްގެ އޮފީހުގައި ޓީވީން ބަލަނީ

    ސަން ފޮޓޯ/ އަހުމަދު އައިމަން
    10:21

    ރައީސް ޔާމީންގެ ޝަރީއަތާ ބެހޭ ގޮތުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޝުއޫރު ފާޅުކުރެއްވީ ޅެން ބައިތަކުން

    10:19

    ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު. ދެން އިންނަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު.

    10:04

    ރައީސް ޔާމީންގެ ޝަރީއަތުގެ ލައިވް

    09:50

    ރައީސް ޔާމީނަށް ހުކުމް އިއްވުން

    ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔު މިހާރު އިއްވަމުން ދަނީ