ފާއިތުވީ 24 ގަޑިއިރު ތެރޭ މާލޭ ސަރަހައްދުން ނެގި 1183 ސާމްޕަލްގެ ތެރެއިން 25 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ, މުޅި ރާއްޖެއިން ޖުމްލަ 79 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އެއީ 52 މީހެކެވެ.

  • މާލެ ސަރަހައްދުން 25

  • އަތޮޅުތަކުން 52
  • ހިންގަމުންދާ ރިސޯޓުތަކުން 02

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 91,543 އަށް ވަނީ އަރާފައެވެ.

މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 1,733 މީހުންގެ ތެރެއިން 12 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.

މިއަދު ބަލިން ރަނގަޅުވީ 105 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 89,547 އެވެ.

ކޮވިޑް ޖެހިގެން މިއަދު ދެ މީހަކު މަރުވެފައިވާއިރު، މި ބަލީގައި ރާއްޖެއިން މިހާތަނަށް ޖުމްލަ 250 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް އަނެއްކާވެސް ފެނި، ރާއްޖޭގެ ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ. "އޮމިކްރޯން" ނަމަކަށް ކިޔާ އެ ވޭރިއަންޓު ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ.

އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ.

އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީންވެސް ދެން 14 ދުވަހަށް ކަރަންޓީނުވާންޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.