05 Mar 2012, 13:18
މެންޗެސްޓާ ސިޓީ އާއި އާޖެނިއާ ފޯވާޑް އެޑިން ޖެކޯންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް ގުޅުމުން އިތުރު ޕްރެޝަރެއް ނެތްކަމަށް އެކުލަބުގެ ބޮސް ބުނެފި އެވެ.
މެންޗެސްޓާ ސިޓީ އަށް ކުޅުމަށް ދެކޮޅު ހެދުމަށް ފަހު، ކުލަބުގެ ހުއްދައަކާއި ނުލައި އަމިއްލަ ގައުމަށް ދިޔަ ޓެވޭޒް ކުލަބުގެ ކިބައިން މަޢާފަށް އެދުމަށް ފަހު އަލުން ވަނީ މެންސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
"އެއްވެސް ޕްރެޝަރެއް ނެތް. ޓެވޭޒް އަށް ޓީމަށް މޮޅު ފެންވަރެއްގެ ކުޅުމެއް ދެއްކިދާނެ. އަހަރެމެން އަބަދުވެސް ޖެހޭނީ ޓީމެއްގެ ގޮތުގައި އެކަތި ގަނޑަކަށް ވެގެން. އެހެން ނޫންނަމަ، އަހަރެމެން އެދޭ ފަދަ ކާމިޔާބީ އެއް ނުލިބޭނެ." ޖެކޯ ބުންޏެވެ.
ޖެކޯ އަކީ މެންސިޓީގެ ފޯވާޑް ލައިނުން ފާހަގަ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެހެން ސީޒަނުތެކެކޭ ޚިލާފަށް ގިނަ ގޯލުތަކެއް މިސީޒަނުގައި ކާމިޔާބު ކޮށްފަ އެވެ.