Last Updated: 1 decade 4 year ago
ބުލޮގު ޚުލާސާ
އެމްޑީޕީއަށް ތާއީދު ކުރާ ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވާން މަސައްކަތް ކުރުމުން ފުލުހުން އެމީހުންނަށް ހުރަސް އަޅައިފި އެވެ. އެމްޑީޕީން ޖުމްހޫރީ މައިދާނަށް އެއްވާން މަސައްކަތް ކުރަނީ އެ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ ދާދިދެންމެއަކު އެކަމަށް ގޮވާލެއްވުމާ ގުޅިގެންނެވެ.
ޑިފެންސް މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ ގެ ހިމެނޭ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަމުން ދިޔަ އެންމެން ވަނީ ދުރަށް ފައްސާލައި ހާވިޔާ ކޮށްލާފައި.
ބޮޑު ލޯރީގައި ސިފައިން އައިސް ފުލުހުންނާއެކު ސަފުތައް ރުކުރުވާލައި ހަރަކާތްތެރިވާން ފެށުމާއެކު މުޒާހަރާ ކުރާ މީހުން ވަނީ ހިސާބަކަށް ބައިބައިވެފައި. ނަމަވެސް އަޑު ފުލުމުގައި އެބަތިބި
ސިފައިން އަރުވާފައިވާ ލޯރިއެއް ޑިފެންސްް މިނިސްޓަރުގެ ގެ ކައިރިއަށް ދަތުރު ކުރަމުން އެބަދޭ.
ބީއެމްއެލް ސަރަހައްދުގައި ތިބި ގިނަ ބަޔަކު އެ ސަރަހައްދުން ދޫކޮށް ގޮއްސި. އެ ސަރަހައްދުގައި މިހާރުތިބީ މަދުބަޔެއް.
އެމްޑީޕީގެ އެއް ބަޔަކު ތިބީ ޓްރޭޑާސް ހޮޓެލް ކައިރީގައި. އަނެއް ބަޔަކު ބީއެމްއެލް ކައިރީގައި. ބީއެމްއެލް ސަަހައްދުގައި މީހުން ގިނަ އެ ސަރަހައްދުގައި ޕްރެޝަރުގައި ލޮނު ޖެހުމަށް ތައްޔާރުވެފައިވާ ކަމަށް ބުނޭ.