މިއަދު ހަވީރު ހަޔަކާ ހަމައަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި ނެގި 3,516 ސާމްޕަލުން 123 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ؛

  • މާލެ ސަރަހައްދުން 19

  • އަތޮޅުތަކުން 87
  • ހިންގަމުންދާ ރިސޯޓުތަކުން 17

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 90,944 އަށް ވަނީ އަރާފައެވެ.

މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 1,968 މީހުންގެ ތެރެއިން 19 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.

މިއަދު ބަލިން ރަނގަޅުވީ 139 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 88,715 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 248 މީހުން ވަނީ މަރުވެފައެވެ.