ފާއިތުވީ 24 ގަޑިއިރު ތެރޭ މާލޭ ސަރަހައްދުން ނެގި 1030 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވީ 25 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް މުޅި ޖުމްލަ 90،725 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ހޮސްޕިޓަލްތަކުގައި މިހާރު ފަރުވާ ދެމުން އަންނަނީ 12 މީހަކަށެވެ.

އަތޮޅު ތެރޭގެ ރަށްތަކުން 91 ޕޮޒިޓިވް ކޭސް ފެނުނުއިރު ރިސޯޓުތަކުން ޕޮޒިޓިވް ވެފައިވަނީ އަށް މީހުންނެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި ރަނގަޅުވެފައި ވަނީ 88،434 މީހުންނެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައި ވަނީ 248 މީހުންނެވެ.