21 Nov 2021, 21:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.
މެއި ހައެއްގެ ހަމަލާއަށް ފަހު ރައީސް ނަޝީދު ބޭސް ފަރުވާއަށް އިނގިރޭސި ވިލާތުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުއެވެ.
މެއި ހައެއްގެ ހަމަލާއަށްފަހު ބޭސްފަރުވާ ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތްތާ ރާއްޖޭގައި 21 ދުވަހަށްފަހު ރައީސް ނަޝީދު ކޮޕް 26އަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ރައީސް ނަޝީދު ހުންނަވަނީ ދައުލަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަވަން ހަމަޖައްސައިފައިވާ މުރައިދޫ ގޭގައެވެ.
ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރެރިސްޓް ހަމަލާއަށް ފަހުއެވެ.
އެ ހަމަލާއަށްފަހު ޖަރުމަންވިލާތާއި އިނގިރޭސިވިލާތުން ރައީސް ނަޝީދު ހޯއްދެވި ބޭސް ފަރުވާއަށް 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. އަދި އެމަނިކުފާނު އެނބުރި މާލެ ވަޑައިގަތް ފަހުން ހޮޓެލް ޖެންގައި ހުންނެވި 21 ދުވަހަށް 698،168 ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން ރައީސް ނަޝީދުގެ ބޭސް ފަރުވާއަށާއި ޖެންގައި ހުންނެވުމަށް މިހާތަނަށް ހޭދަކޮށްފައިވާ އަދަދު, 2.4 މިލިއަން ރުފިޔާއަށް އަރައެވެ.