މަޖިލިސް ހުޅުވުމާ ދިމާކޮށް މިދިޔަ ބުރާސްފަތިދުވަހު މާލޭގައި ބޭއްވި މުޒާހަރާތައް ކުރަމުންދިޔަ ވަގުތު ފުލުހަކަށް ހަމަލާދީ އޭނާގެ ސައިކަލުގައި ރޯކޮށްލި މީހާ ނުފެނިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މެންދުރެއްހާއިރު މަޖީދީ މަގުން މާލޭ ސިޓީ ކައުންސިލް އިދާރާ ކުރިމަތިން ސައިކަލެއްގައި ދިޔަ ދެ ފުލުހަކު ހިފަހައްޓާ ސައިކަލުގައި ރޯކޮށް އަދި ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހޯދަން ފުލުހުން މިއަދު އާންމުކޮށް އިއުލާންކުރީ ހ. ރެދަން، ފަވާޒް ކަޅުތުއްތު، އެވެ.

ފުލުސް އޮފީހުން ވަނީ ފަވާޒާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭ ފަރާތްތަކުން އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް އެދިފަ އެވެ.