21 Nov 2021, 11:05
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް، މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު 9:30 އިން ފެށިގެން 13:30އާ ހަމައަށެވެ.
މިވަގުތު ތަކުގައި އެ ސަރަހައްދު ތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
Alert Yellow: Advisory for Torrential rain and thunderstorms with gust winds of 40 mph.pic.twitter.com/gK2KsJVdUA
— Maldives Meteorology (@MetMaldives)November 21, 2021
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މެދު ރާއްޖެތެރެއިން ވެސް ދެކުނާ އެންމެ ކައިރީގައިވާ އަތޮޅު ތަކަށް ވިއްސާކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރުން މެދު ރާއްޖެތެރެއާ ދެކުނަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.