ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދު އައްޔަން ކުރައްވައިފި އެވެ.

ބަންޑާރަ ކޮށީގައި މިއަދު ހަވީރު ބޭއްވި މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގެ ފަތްކޮޅު އޭނާއަށް ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކުއުރިޓީ މުހައްމަދު ނާޒިމެވެ.

ވައިސް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅަކު މިހަމަޖެއްސެވީ ކުރިން އެމަގާމުގައި ހުންނެވި ބްރެގޭޑިއާ ޖެނެެރަލް ފަރުހަތު ޝަހީރު ޝަރަފުވެރިކަމާ އެކު އެމަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން، އެމަގާމު ހުސްވެފައި ވަނިކޮށެވެ.