މާލޭސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ދަރުބާރުގޭ އަތުލަން ހައުސިންގް މިނސްޓްރީން އެންގިއެންގުމަކީ ސިޔާސީ ކުލަޖެހިފައިވާ އެންގުމެއް ކަމަށް މާލޭ ސިޓީކައުންސިލުން މިއަދު ބުނެފި އެވެ.

ސިޓީކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޓީކައުންސިލާއި ހަވާލްކޮށްފައިވާ 32 ބިމުގެ ތެރޭގައިހިމެނޭ ދަރުބާރުގޭ ހައުސިން މިނިސްޓްރީއާއި ހަވާލުކުރުމަށް މިއަދުގެ ނިޔަލަށް އަންގާ ފައިވާ އެންގުމަކީ ސިޔަސީ ކުލަޖެހިގެން އަންގާ ފައިވާ އެންގުމެއް ކަން ސިޓީކައުންސިލަށް ފާހަގަކުރެވޭ ކަމަށެވެ.

"... މިއެންގުވެމަކީ ސިޔާސީ ކުލަޖެހިގެން އަންގާފައިވަ އެންގުމެއް ކަމަށް މާލޭ ސިޓީކައުންސިލަށް ފާހަގަވެއެވެ. އަދި މިދެންނެވި އެންގުން އަންގަވާ ފޮނުވާފައިފައިވާ ސިޓީގެ ކޮޕީއެއް ޕޮލިސް ސާވިސްއަށް ކޮޕީކުރަށްވާ ފޮނުވާފައިވުމުން ވަކިގޮތަކަން ކަންތަން ރޭވިފައިވާ ކަން ދޭހަވެއެވެ." ސިޓީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ދަރުބާރުގޭ ހައުސިން މިނިސްޓްރީއަށް ނަގަން ނިންމާފައިވަނީ ހެދިފައިވާ ގަވާއިދުތަކާއި އުސޫލްތަކަށް އެތަން ބޭނުން ކުރަމުން ނުދާތީ ކަމަށް ހައުސިން މިނިސްޓަރު މީޑިޔާގައި ވިދާޅުވިނަމަވެސް ދަރުބާރުގޭ ހަވާލުކުރުމަށް ހައުސިން މިނިސްޓްރީން ފޮނުވާފައިވާ ސިޓިގައި އެކަމާށް އިޝާރަތް ކޮށްފައި ނެތްކަމަށެވެ.
"... މާލޭ ސިޓީކައުންސިލާއި ހަވާލުކޮށްފައިވާ ދަރުބާރުގޭގެ ކަންކަން ކަންތައްތައް ބަލަހައްޓަމުން މިގެން ދަނީ ހެދިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން. އަދި ކުރިއަށް އޮތް ތަނުގައިވެސް ދަރުބާރުގޭ ބެލެހެއްޓުމުގެ ކަންތައް ކުރިއަށް ގެންދާން ހެދިފައިވާ އުސޫލްތަކާއި ގަވާއިދުތަކައި އެއްގޮތަށް،" ބަޔާނުގައި ވެއެވެ.

މިދިޔަ ހުކުރު ދުވަހު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއްގައި ހައުސިން މިނސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީން ދަރުބާރުގޭ މާލޭ ސިޓީ ކައުންސިލާއި މިދިޔަ އަހަރު ހާވާލުކޮށްފައިވާ އިރު ގަވައިދުތަކާއި އުސޫލްތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ގަވާއިދާ ހިލާފަށް އަމަލުކުރާތީ ބަންޑާރަ ނައިބުގެ ލަފަޔާއެކު ދަރުބާރުގޭ ނަގަނީ ކަމަށެވެ.

އެމްޑީޕީން މިދިޔަ މަހު 17 އިން ފެށިގެން ލޮނުޒިޔާރަތް ކޮޅުގައި ކުރަމުން އަންނަ މުޒާހަރާގައި އެ ޕާޓީގެ ބައެއް ބޭނުންތަކަށް ދަރުބާރުގޭ އަންނަނީ ބޭނުންކުރަމުން ނެވެ.