ބީއެމްއެލް "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ވެސް އޮންނާނެ އެވެ.

އެގޮތުން ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް ރިއާޔަތް ކޮށް ހުށައަޅާ އެ ޕްރޮޕޯސަލް ތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ބީއެމްއެލް އިން ހޮވާނެއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯޒަލްތަކުން އެންމެ ރަނގަޅު ފަސް ޕްރޮޕޯޒަލް ހޮވާނެ -- ފޮޓޯ/ ބީއެމްއެލް

އޭގެ ތެރެއިން ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރާތްކަތްތައް ހިންގުމަށްޓަކައި 50،000 ރުފިޔާވެސް ބީއެމްއެލް އިން ދޭނެއެވެ.

މި ފަންޑަށް ޕްރޮޕޯސަލް ހުށައެޅޭނީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ. ޕްރޮޕޯސަލްއާ އެކު އެޕްލިކޭޝަން ފޯމް ހުށައަޅާނީ އެކަމަށް ހާއްސަ ކުރެވިފައިވާ މެއިލް[email protected]އަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ޕާކުތައް ތަރައްގީކޮށްފައިވޭ -- ފޮޓޯ/ ބީއެމްއެލް

އެ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގައި 55 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑާ ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެވެބްސައިޓުންލިބެން ހުންނާނެއެވެ.