ގދ.ވާދޫ ޖަމާލުއްދީން ސްކޫލްގެ ހަތަރު ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ނޯތު ކޯސްޓް ކޮންޓްރެކްޓާ ޕްރައިވެޓް ލިމިޓެޑާއެވެ.

އެކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އަހުމަދު ރިޔާޒެވެ.
ނޯތު ކޯސްޓް ކޮންޓްރެކްޓާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ އިޔާނެވެ.

ގދ.ވާދޫ ޖަމާލުއްދީން ސްކޫލްގެ 04 ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ނޯތު ކޯސްޓުން އެ މަސައްކަތަށް ހުށަހަޅާފައި ވަނީ 13 މިލިއަން ރުފިޔާއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއީ 290 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތެއް ކަމަށެވެ.