ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައިމިނަތު ޝަތުފާ ޝަފީއު އައްޔަންކޮށްފިއެވެ.

އެ މަގާމަށް ޝަތުފާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ ޝަތުފާ ވަނީ އެ ވަޒީފާއަށް ރަސްމީކޮށް ނުކުންނަވަން ފަށާފައެވެ.

މި މަގާމުގެ މުސާރައަކީ އެލަވަންސްތަކާއެކު 25،000 ރުފިޔާއެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ޝިފާ މުހައްމަދު ހުންނެވިއިރު ޝަތުފާއަކީ މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރެވެ. އަދި އޭނާ ވަނީ ޕީއެސްއެމްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރުކަމާއި މޯލްޑިވްސް އިމިގްރޭޝަންގައި އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.