18 Jul 2010, 09:19
14:00
އެއް އަހަރު ދުވަހު ދުރުގައި އުޅުމަށްފަހު މެލޭޝިޔާގެ 108 އަހަރުގެ އަންހެނަކު 38 އަހަރުގެ ފިރިމީހާއާއެކު އަލުން ދިރިއުޅެން ފަށައިފި އެވެ.
ސަތޭކަ އަށް އަހަރުގެ ވުކް ކުންޑޯ އާއި 38 އަހަރުގެ މުހައްމަދު ނޫރު ޗޭ މޫސާގެ ވާހަކަ މީޑިއާގެ ފަލަ ސުރުޚީތަކަށް އެންމެ ފުރަތަމަ އެރީ 2006 ވަނަ އަހަރު އެމީހުންގެ ކައިވެނީގެ ޚަބަރާއެކު. އޭރު ކުންޑޯގެ އުމުރަކީ 105 އަހަރެވެ. އަދި މުހައްމަދު ނޫރަށް 35 އަހަރެވެ.
މި އާދަޔާ ޚިލާފު ޖޯޑުގެ ޚަބަރު މިއަދު އަނެއްކާ ވެސް މީހުންގެ ސަމާލުކަމަށް އައިސްފައި މިވަނީ، އަނިބިމީހާއާ ދުރުގައި 12 މަސް ދުވަހުގެ ވޮލިންޓަރީ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއްގެ ދަށުން ފަރުވާ ހޯދުމަށްފަހު މުހައްމަދު ނޫރު އޭނާގެ އަނބިމީހާ ގާތަށް އެނބުރި ގޮސް، ޒަވާޖީ ހަޔާތް އަލުން ފެށުމުންނެވެ. މުހައްމަދު ނޫރު ބުނިގޮތުގައި އޭނާގެ އަނބިމީހާ ދެކެ ވަރަށް ލޯބިވެ އެވެ. އަދި ރިހެބިލިޓޭޝަން ސެންޓަރުގައި ހުރި އިރުވެސް އޭނާގެ މަތިން ވަރަށް ހަނދާންވެ އެވެ. އަދި ރީހެބުގައި ހުރިއިރު ވެސް ހަތަރު ފަހަރެއް މަތިން އަންހެނުން ރީހެބަށް ޒިޔާރަތްކުރި ކަމަށް މުހައްމަދު ނޫރު ބުންޏެވެ.
ފިރިމީހާ އެނބުރި އައުމުން އުފާކުރަމުންދާ ކުނޑޯ ބުނެފައި ވަނީ އޭނާ މިހާރު ހުރީ އަތްބެއްގެ ވާޖިބުތައް ފިރިމީހާ އަށް އަލުން އަދާކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް ކުންޑޯ މީގެ ކުރިން ބުނެފައި ވަނީ، އޭނާ ހީކޮށްގެން ހުރީ އޭނާގެ ފިރިމީހާ ރީހެބިލިޓޭޝަން ސެންޓަރުން އެނބުރި އައިސް ޒުވާން އަންހެން ކުއްޖަކާ ކައިވެނިކުރަން ބޭންނުންވެގެން ކުންޑޯ ވަރިކުރާނެ ކަމަށް ކަމަށެވެ. އެހެންކަމުން ކުންޑޯ ހުރީ އިތުރު ކައިވެންޏެއް ކުރުމަށް ވެސް ތައްޔާރަށް ކަމަށް އޭނާ ބުނެފައިވެ އެވެ. މީގެ ކުރިން ކުންޑޯ ވަނީ 21 ކައިވެންޏެއް ކޮށްފަ އެވެ.
ނަމަވެސް، މުހައްމަދު ނޫރު ބުނީ، އެ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވީ އިރާދަފުޅުން ކަމަށާއި އޭނާއަށް ވުރެ 70 އަހަރު ދޮށީ އަނބިމީހާ ދެކެ އަދިވެސް ވަރަށް ލޯބިވާ ކަމަށެވެ.