14 Nov 2021, 12:45
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން އީއެޗްއެލް އެޑްވައިޒަރީ ފާމްއާ ގުޅިގެން ކުރިއަށްގެންދާ ފަތުރުވެރިކަމުގެ ކުރު ކޯސްތަކުގައި ބައިވެރިވުމަށް ފޯމް ހުށަހެޅޭނީ މާދަމާގެ ނިޔަލަށް ކަމަށް އެމްއެންޔޫއިން ބުނެފިއެވެ.
ހޮސްޕިޓަލިޓީ ސާވިސް އިންޑަސްޓްރީގައި އުޅޭ މީހުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ މި ކުރު ކޯސްތަކުގައި ބައިވެރި ވުމަށް 50 ޖާގައަށް ވަނީ ހުޅުވާލާފައެވެ.
އެމްއެންޔޫއިން ބުނީ މި ކޯސްތަކުގައި ކޮންމެ ކުލާހެއްގައި ތިބުމަށް ކަނޑައަޅާފައި ވަނީ 12-8 ދަރިވަރުން ކަމަށެވެ.
މި މަހުގެ 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސްތަކަކީ:
- ބޭސިކްސް އޮފް ބޮޑީ ލޭންގުއޭޖް
- ޑެލިވަރިން އެކްސެލެންސް އޮން ގެސްޓް އެކްސްޕީރިއަންސް
- ޑެލިވަރިން ޕެޝަނޭޓް ސާވިސް
- އެފެކްޓިވް ކޮމިއުމިއުނިކޭޝަން ވިތް ސްޓާފް
- ހޮސްޕިޓަލިޓީ ހައިޖިން އެންޑް އޮކިއުޕޭޝަނަލް ސޭޕްޓީ ޓްރެއިނިން
- އިންޓްރޮޑަކްޝަން ޓު ހޮސްޕިޓަލިޓީ މެނޭޖްމަންޓް
- އިންޓްރޮޑަކްޝަން ޓު ލީޑަޝިޕް
މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ މީހުން، އައިޑީކާޑު ހިމެނޭ ގޮތަށް އެމްއެންޔޫޕޯޓަލްގައިވާ އެޕްލިކޭޝަން ފުރިހަމަ ކުރުމަށް އެމްއެންޔޫއިން ވަނީ އެދިފައެވެ.