13 Nov 2021, 22:22
ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 184 މީހުން ކޮވިޑު-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަލަށްނެގި 4،533 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 11 މީހުންނެވެ.
މީގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުން 141 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، ރިސޯޓުތަކުން 27 މީހުން ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.
ކޮވިޑް ޖެހިގެން 13 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މި އަދާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 89،713 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލި ފަސޭހަ ވެފައިވާ މީހުންގެ އަދަދަކީ 87،225އެވެ.
މިހާރު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 2،228އެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދކީ 247އެވެ.