ޕްރޮގްސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލަމެންޓްރީ ގްރޫޕްގެ ދެ ޑިޕިއުޓީ ލީޑަރުން ކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު އިންތިހާބު ކޮށްފި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވިޕް، ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު ވިދާޅުވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ދެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި އިލްހާމައި އާރިފު ހޮވީ މިރޭ ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގަ އެވެ. އެ ދެ ބޭފުޅުންނާ ވާދަކުރެއްވި ހަނިމާދޫ ދާއިރާގެ މުހަންމަދު މުޖުތާޒވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނެވެ.