ނުރަސްމީ ގަޑިތަކުގައި މުވައްސަސާތަކުގެ ވެރިން މުއައްޒަފުންނަށް މެސެޖު ކުރުން ޕޯޗުގަލްގައި މަނާކޮށްފިއެވެ.

މިއީ ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރަމުން ދާތީ މަސައްކަތުގެ މާހައުލު އިތުރަށް ފުރިހަމަ ކުރުމަށް އެޅިގެންދިޔަ ފިޔަވަޅެކެވެ. މި ގަވައިދުގެ ސަބަބުން ކުދިން ގެންގުޅޭ ގިނަ ޒުވާނުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މާހައުލެއް ބިނާވެގެންދާނެއެވެ. އަދި މަސައްކަތް ކުރާ ބެލެނިވެރިންނަށް ކުއްޖާއަށް އަހަރުވުމާއި ހަމައަށް އޮންލައިންކޮށް ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.

މި ގަވައިދުގެ ދަށުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ހިނގާނެ ހަރަދުތައް، ކަރަންޓު ބިލު އަދި އިންޓަނެޓު ބިލު ފަދަ ކަންކަމަށް ދާ ހަރަދުތަކަށް މުއައްސަސާތަކުން އެހީތެރިވުންވެސް މަޖުބޫރެވެ.

މި ގަވައިދާ އެއްގޮތަށް އަމަލު ނުކުރާނަމަ 10 މުވައްޒަފުންނަށްވުރެ މަދުން ތިބޭ ކުންފުނިތަކުގެ ވެރިންނާ މެދު ފިޔަވަޅު އެޅޭނެއެވެ.

އެހެން ނަމަވެސް، ޕޯޗުގަލްގެ ސަރުކާރުން ވަނީ ނުރަސްމީ ގަޑިތަކުގައިވެސް މަސައްކަތް ކުރާ ހުރިހާ ޑިވައިސްއެއް ނުނިއްވުމަށް އަންގާފައެވެ.

ޕޯޗުގަލްގެ ލޭބާ އެންޑް ސޯޝަލް ސެކިއުރިޓީ މިނިސްޓަރު އަނާ މެންޑަސް ގޮޑިންހޯ ވިދާޅުވީ ގޭގައި ތިބިގެން އޮންލައިންކޮށް މަސައްކަތް ކުރުމަކީ "ގޭމް ޗޭންޖާ"އެއް ކަމުގައި ދެކޭ ކަމަށެެވެ. ނަމަވެސް، މިކަމުގެ ކުރިއެރުން ގާތުން ބަލަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕޯޗުގީޒުގެ ރަށެއް ކަމަށްވާ "ޑިޖިޓަލް ނޮމާޑް ވިލެޖު"ގައި ހިލޭ ވައިފައި އާއި އެކު އޮފީސް ޑެސްކު ކައިރި އިނދެ މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.