ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ރާއްޖެއިން އިތުރު 165 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަލަށްނެގި 3,133 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 25 މީހުންނެވެ.

އަތޮޅު ތެރޭގެ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 121 މީހުންނެވެ. އަދި ރިސޯޓުތަކުން ޖުމްލަ 19 މީހުން ޕޮޒިޓިވް ވެފައިވާކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

މި ބަލީގައި 15 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 89،529 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދާ ހަމަައަށް 87،099 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 2،170އެވެ. މިއަދު މަރުވި މީހާއާއެކު، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 247އަށް އަރާފައެވެ.