ވިލިމާލޭ ދެކުނު ފަރާތަށް ޑައިވިން ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ. ދޯނި އަޑި އަށް ދިޔަ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ “ބަރަކަތު” ނަމަކަށްކިޔާ ޑައިވިން ދޯނި ހަތަރު މީހުނާއެކު ނުމުގެން އުޅެނިކޮށް އަޑިއަށް ދިޔަކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިރޭ ގާތްގަނޑަކަށް 9:00 ހާއިރު ކަމަށާއި ކޯސްޓްގާޑަށް އެ މައުލޫމާތު ލިބުމާއި ގުޅިގެން ލޯންޗެއް އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ގިނަ އަދަދަކަށް ވޯޓާ ސްޕޯޓްސް ސާމާނު ވެސް ހުރި އެ ދޯނީގައި ހުރި މުދަލުގެ 95 ޕަސެންޓް ސަލާމަތްކުރެވިފައިވާ ކަމަށެވެ. އަދި ބުނީ 58 ފޫޓް ގެ އެދޯނީގެ ބޮޑުބައެއް އަޑިއަށް ގޮސްފައިވާތީ ދޯނި އިތުރަށް އަޑިއަށްދިޔަ ނުދިނުމަށްޓަކައި ދޯނީގެ ވެރިފަރާތުން ފޮނުވި ދެ ދޯނީގައި ވާ ބެއްދައިގެން ދޯނި ނެގުމުގެ މަސައްކަތް ސިފައިން މިހާރު ކުރަމުން އަންނަ ކަމަށެވެ.