ހދ. ނޮޅިވަރަމާއި ހދ. ނޮޅިވަރަންފަރާއި ދޭތެރޭ މަހަށް ނުކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލުމުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފއެވެ.

އެމްއެންޑީއެފުން ބުނީ ޑިންގީ ބަންޑުން ޖަހާލައިފައިވަނީ ވިލާގަނޑެއްގައި ޖެހި، ރާޅެއްގައިކަމަށެވެ. ދީންގީ ބަންޑުން ޖަހާލިއިރު އޭގައި ތިބީ ދެ ފިރިހެނުންނާއި ދެ ކުޑަކުދިންނެވެ. އެއްވެސް މީހަކަށ އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހަވީރު 15:40 ހާއިރެވެ. އެއާއެކު އެމްއެންޑިއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބުންޏެވެ.

އެގޮތުން ޑިންގީގައި ތިބި ދެ ކުދިން ނޮޅިވަރަމަށް ގެންގޮސްފައިވާއިރު ޑިންގީ ފުށުން ޖަހައިދިނުމުގެ މަސައްކަތް ވެސް ވަނީ ކޮށްދީފައެވެ. އަދި އެމްއެންޑީއެފް ގަލްފް ކްރާފްޓް ލޯންގައި ޑިންގީ ކަފުޖަހައިގެން ޑިންގީވަނީ ނޮޅިވަރަމަށް މިއަދު 17:15 ހާއިރު ގެންގޮސްފައެެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާގެ ލޯންޗަށް މިހާދިސާ ފެނުނީ ޑިންގީ ބަންޑުންޖަހާލައިގެން ކަނޑުވެފައި ތިބި މީހުން އެ ސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ނަގައިގެން އުޅެނިކޮށެވެ.