Last Updated: 1 decade 4 year ago
ބުލޮގު ޚުލާސާ
*** އަމިއްލައަށް ހައްޔަރުވާން ބޭނުން ކަމަށް ބުނެ އަތުގައި ކްލިޕް ބިޑި އަޅުވައިގެން ބަޔަކު މީހުން ފުލުސް އޮފީސް ކައިރިއަށް އެއްވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހާއި ޓްރޭޑާސް ހޮޓެލް ސަރަހައްދުގައި ތިބި މީހުން ވެސް މިހާރު ވަނީ ފައްސާލާފައި. އެ ސަރަހައްދުން ވަނީ ޕެޕާ ސުޕްރޭވެސް ޖަހާފައި، އަދި މީހަކު ހައްޔަރުކޮށްފައިވެސް ވޭ
މުލިއާގެއާ ވެލަނާގެއާ ދިމާއިން އެއްވެފައިވާ މީހުން ފަހަގައިގަނެ ދުރަށް ފޮނުވާލައިފި. ރޫޅައިލުމުގެ ތެރޭގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްގެން ގެންގޮސްފައި.
ވެލާނާގޭ ކަންމަތީގައި ތިބި މީހުން ފުލުހުންނާ ކުރިމަތިލައި ބައެއް އެއްޗެހި ފުލުހުންނާ ދިމާއަށް އުކަމުން އެބަދޭ. ޝީލްޑު ތަކުގައި ފައިން ޖަހަމުން އެބަދޭ. އެދިމާއަށް އިތުރު މީހުން ދަނީ ޖަމާވަމުން.
ރައީސް އޮފީސް ކައިރީގައި އަތް ބަނދެގެން ތިބި މީހުން ވެސް ފުލުހުންގެ ވެހިކަލަށް ނަގައިފި.
ކްލިޕް ބިޑިން އަތް ބަނދެގެން ތިބި މީހުންގެ ތެރެއިން ހައެއްކަ މީހުން ދެންމެ ވަނީ ބޮޑުތަކުރުފާނު މަގުން ހައްޔަރުކޮށްފައި. މިހާތަނަށް ވަނީ 37 މީހަކު ހައްޔަރުކޮށްފައި.
ގިނަ ބަޔަކު ވަނީ ބޭންކް އޮފް ސިލޯނާ ހަމައައަށް ވަނީ ފަހަތަށް ޖައްސާފައި. އެއްވެފައިވާ މީހުންގެ ތެރެއިން ސިފައިންނާއި ފުލުހުންނާ ދިމާއަށް ދަނޑިބުރިއެއްޗެހި އުކަމުން ވެސް އެބަދޭ.
ސިފައިން އައިސް އެއްވެފައިވާ މީހުންނަށް އަމާޒުކޮށް ފެންޖަހަން ފަށައިފި. ފެން ޖަހަމުންދަނީ ރައީސް އޮފީސް ކައިރީ ބޮޑުތަކުރުފާނު މަގުން. އަދިވެސް މީހުން އެބަތިބި
އެއްވެފައި ވަނީ ގަވައިދާ ހިލާފަށް ކަމަށާއި އެއްވެފައިވާ މީހުން ފޮނުވާލުމަށް ބޭނުން ކުރާ އެއްވެސް ބާރެއްގެ ސަބަބުން ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށާއި އެސަރަހައްދު ދޫކޮށް ދިއުމަށް ފަހުގެ އިންޒާރު ދީފި
މީހުން އެއްވެފައިވާއިރު ރައީސް އޮފީސް ސަރަހައްދުގައި ފެން ޕަންޕެއް ފުލުހުން ގެނެސްފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނޭ. ފެން ޖެހުމަށްޓަކައި ހޮޅި މިހާރު އޮތީ ތައްޔާރުކޮށްފައި.
ރައީސް އޮފީސް ކުރިމަތިން ދެ އަންހެނަކު ހައްޔަރުކޮށްފި. އެ ސަރަހައްދު ދޫކޮށް ދާން ފުލުހުން މިހާރުވެސް އަންނަނީ އިންޒާރުދެމުން.
އެއްވެފައިވާ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިންޒާރު ދޭން ފަށައިފި. ފުލުހުން އިންޒާރު ކުރަމުން ދަނީ އެއީ އެއްވުން މަނާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދު ދޫކޮށް ދިއުމަށް. އަދި ނުގޮސް މަޑުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް.
ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ އެއްވި މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކަމަށް. އެމީހުން އަމިއްލައަށް ހައްޔަރުވާން ބޭނުންވާ ކަމަށް ބުނެ ފުލުސް އޮފީސް ކައިރިއަށާއި ރައީސް އޮފީސް ހިމެނޭ ސަރަހައްދަށް އެއްވެފައިވާ ކަމަށް. އެމީހުން ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗާވީ ދިމާއިން ފުލުހުންގެ ސަފުތައް ރޫޅާލައިފައިވާ ކަމަށާއި އެމީހުނަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި. އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ.