18 Jul 2010, 05:15
10:00
މެލޭޝިއާގެ އެޕާޓްމަންޓެއްގެ ތިން ވަނަ ބުރީގައި ދިރިއުޅެމުންދާ އައްޑު އަތޮޅުގެ ޒުވާން އަންހެން ކުއްޖެއް އެޕާޓްމަންޓުގެ ތިރީގައި، ޒަހަމްތަކާއެކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެ އެވެ.
ސަންއެފްއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑު އަތޮޅު ހިތަދޫ އެ ކުއްޖާ މި މަހުގެ 5 ވަނަ ދުވަހު މެލޭޝިއާ އަށް ގޮސްފައި ވަނީ އޭނާގެ ފިރިމީހާ އަށް ލިބުނު ސްކޮލާޝިޕެއްގައި ފިރިމީހާ އާއި ދެ ދަރިންނާއެކު އެވެ. އެ ދެމަފިރިންނަކީ ވެސް ސ. އަތޮޅު ތައުލީ މަރުކަޒުގައި ޓީޗަރުންނަށް އުޅުނު ދެ މީހުންނެވެ. އެ އަންހެން ކުއްޖާ އެޕާޓްމަންޓުން ފުންމާލީ ކަމެއް ނުވަތަ ވެއްޓުނީ ކަމެއް ކަށަވަރެއް ނޫނެވެ. އެކަމާ ބެހޭ ތަހުގީގު މެލޭޝިއާ ފުލުހުން ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި ހާދިސާގެ ހަބަރު ލިބުމާ ގުޅިގެން، އައްޑޫގައި ދިރިއުޅޭ އެ އަންހެން ކުއްޖާގެ އާއިލާގެ ބައެއް މެންބަރުންނަށް ހިތަދޫ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.